Saturday, October 31
ފެބުރުވަރީ 11 ގެ ފަހުން މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރައިން: ވަޒީރު އާދަމް ޝަރީފް
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް 11 ފެބުރުވަރީ 2026 ގެ ފަހުން ކުރިއަށްދާނީ މާފަންނުގައި ހުންނަ މިފްކޯ ފިހާރައިން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައްޓާފައި ވަނީ 2026 ޖަނަވަރީ 24 ވަނަ ދުވަހުގެ ރެއެވެ. މި ސަރަޙައްދުގައި 15 މަރުކަޒަކުން އަންނަނީ ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ހުކުރުދުވަހުގެ ރޭ ފިޔަވާ ކޮންމެ ރެއަކު 8.30 އިން 11.00 އަށް ކުރަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ރަމަޟާން މަހުގައި ކޮންމެ ގޭބީސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ދެއްވިއެވެ. އަދި މިދިޔަ އަހަރު ވަނީ މަސްދަޅު ކޭހެއް ދެއްވާފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު