ސަރުކާރު ސްކޫލުތައް އޭސީކުރުމަށް ކުރިއަށް ގެންދާ 'ކޫލް ސްކޫލް' މަޝްރޫޢުގެ ދަށުން، ގދ. ނަޑެއްލާ ސްކޫލުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
މިގޮތުން ފެނަކައިން ވަނީ ނަޑެއްލާ ސްކޫލްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތުގެ ފޮޓޯތަކެއް އެކްސް މެދުވެރިކޮށް ހިއްސާކޮށްފައެވެ.
މި ކުންފުންޏަށް ޙަވާލުކޮށްގެން، ސަރުކާރު ސްކޫލުތައް އޭސީކުރުމަށް ކުރިއަށް ގެންދާ 'ކޫލް ސްކޫލް' މަޝްރޫޢުގެ ދަށުން، ގދ. ނަޑެއްލާ ސްކޫލުގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތުގެ ތެރެއިން#TeamFenaka pic.twitter.com/o6L4sfdns3
— Fenaka Corporation Ltd (@TeamFenaka) January 30, 2026
“ކޫލް ސްކޫލް ޕްރޮޖެކްޓް” ގެ ދަށުން ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރަން ފެނަކައާ ހަވާލުކުރީ 12 ޖޫން 2025 ގައެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން އޭޕްރީލް މަހު ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރަށްތަކަށް ވަޑައިގެންނެވިއިރު ކިޔަވާ ކުދިންގެ ފަރާތުން އެންމެ ގިނައިން އެދުނު ކަމަކީ ކުލާސްރޫމްތައް ފިނިކޮށްދިނުން ކަމަށާއި، މެނިފެސްޓޯގައި ހިމަނައި ހުރިހާ ކުލާސްތަކެއް އޭސީ ކުރުމަށް ނިންމެވި ކަމަށާއި، އޭސީ ކުރާއިރު އިއާދަކުރަނިވި ހަކަތައިން ކުރެވޭ ގޮތަށް އެކަން ގެންދަން ނިންމަވާފައިވާ ކަމަށެވެ.






