Monday, November 2
ކުރި ނިޒާމަކީ މަތީ ތަޢުލީމު ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް: މިނިސްޓަރ

ކުރި ނިޒާމަކީ މަތީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މިއީ ތައުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ހައްލަކަށް ވެގެންދާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" އިޕްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދެމުންދާ ސްކޮލަރޝިޕްތަކާއި މަތީ ތައުލީމް ހާސިލްކުރުމަށް ލޯނު ދޫކުރުމަށް މީގެކުރިން ދަރިވަރުންނަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށެވެ. ކަންކަން ނިންމުމުގައި ހުރި ލަސްތަކާއި ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރުއަރައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.
މި ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމާއެކު ދައުލަތުގެ ހުރިހާ މުވައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރެވެމުންދާ މޯލްޑިވްސް 2.0 ގެ ދަށުން ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތަކުގެ ދުވެލި އަވަސްކޮށް، ކުށްތައް މަދުކޮށް އެ ވުޒާރާގެ ހިންގުން އެތައް ގުނައެއް ހަރުދަނާވެގެންދާނެ ނިޒާމެއްގެ ގޮތުގައި މިނިސްޓަރ ހައިދަރު ފާހަގަކުރެއްވިއެވެ.

"ނިޒާމުގެ ތެރެއިން ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދޭ، އިތުބާރުހުރި އަދި ހަލުވި ތައުލީމީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައި. ކުރި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއް. މި ނިޒާމުގެ ސަބަބުން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ނިޒާމު ހަރުދަނާވެ ލަސްވުމެއްނެތި ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެ. އަދި ދަރިވަރުންނަށް ފައިސާގެ މުއާމަލާތްތައް ހުރި ހިސާބު ކުރި ނިޒާމުން ވަގުތުން ބަލާލެވޭނެ. މީގެއިތުރުން އެކި ސްކޮލަރޝިޕްތަކަށާއި ފަންޑިން ސްކީމްތަކަށް ޝަރުތުހަމަވޭތޯ ބެލުމުގައި މިހާރު ހޭދަވާ ދިގު އިންތިޒާރަށް ކުރި ނިޒާމުން ނިމުން ގެނުވާނެ." މިނިސްޓަރ ޑޮކްޓަރ ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިދާރީ ލަސްކަމެއްގެ ސަބަބުން ނުވަތަ މާލީ ހުރަސްތަކެއްގެ ސަބަބުން އެއްވެސް ދަރިވަރަކަށް ތައުލީމީ ފުރުސަތެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުންކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު