Friday, November 13
ނަރުދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފެށިގެން ކުރިއަށް
ށ. އަތޮޅު ނަރުދޫގައި ޤާއިމްކުރާ ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. ފެނަކައިން މިކަން ހާމަކުރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ނަރުދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ށ. ނަރުދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ނަރުދޫގައި ޤާއިމްކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތާރިގް އިބްރާހީމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. ނަރުދޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ޤާއިމްކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު