Friday, November 13
މަގޫދޫ ސްކޫލްގެ ދަރިވަރުންނަށް ކަރަންޓު އުފައްދާ ގޮތާ ބެހޭ މައުލޫމާތު ދީފި
ފ. މަގޫދޫ ސްކޫލްގެ ދަރިވަރުންތަކެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މަގޫދޫ ބްރާންޗަށް ޒިޔާރަތްކޮށްފިއެވެ. ފެނަކައިން ހާމަކޮށްފައިވާ މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ މަގޫދޫ ސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރުންނެވެ. ފެނަކައިން ބުނީ މި ޒިޔާރަތުގައި އެ ދަރިވަރުންނަށް ކަރަންޓު އުފައްދާ ގޮތާއި ކަރަންޓާ ގުޅޭ އެހެނިހެން މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. ފެނަކައިން ދަނީ ސްކޫލްތަކުގެ ދަރިވަރުންނަށް ކަރަންޓާއި ކަރަންޓާ ގުޅޭ އެކިއެކި ކަންތައްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު