Thursday, November 12
އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކުވެސް ނިޔާވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލޭ ޖަލުގައި ދިގު ޙުކުމް ތަންފީޛު ކުރަމުންދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) މިއަދު މެންދުރު ފަހު ނިޔާވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ މިއަދު މެންދުރު ފަހު އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގައި ގެންގޮސްފައިވާ ކަމަށާއި، 14:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.

އަދި ޙަސަން ނިޔާޒް ނިޔާވުމާ ގުޅިގެން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު