Saturday, October 31
ދިއްދޫ އިސްލާމީ މަރުކަޒުގައި ޙިފްޒު ކްލާސްތައް ފަށައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިންގުމުގެ ދަށުން، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ ކީރިތިޤުރުއާން ހިތުދަސްކޮށްދޭ ޙިފްޒު ކްލާސްތައް ރަސްމީކޮށް ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި ކްލާސްތަކަކީ، ދިއްދޫއާއި އެ ސަރަހައްދުގެ ދަރިވަރުންނަށް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކުލާސްތަކެއް ކަމަށާއި، ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދީނީ އިލްމާއި މައުލޫމާތު ފެތުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެ ވުޒާރާއިން ބުނީ ދިއްދޫ އިސްލާމީ މަރުކަޒުގައި އިއްޔެ ފެށި މި ކްލާސްތަކުގެ ސަބަބުން، ދިއްދޫގެ ދަރިވަރުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ގޮތެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިފަދަ ކްލާސްތައް ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު