Saturday, October 31
ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ސިޓީސް މިނިސްޓްރީއާއި އެންޑީއެމްއޭއިން އެއްބަސްވެއްޖެ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އަދިއެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކިޓިވް ހިސާން ޙަސަންއެވެ.

ސިޓީސް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއީ ސިޓީސް މިނިސްޓްރީއާ، އެންޑީއެމްއޭ 2025 ޑިސެންބަރު 10 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ފަދައިން، އެންޑީއެމްއޭއިން ކުރިއަށްގެންދާ ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ

ސިޓީތަކާ ބެހޭ ވުޒާރާއިން ބުނީ މި ފަހުމުނާމާގައިވާ ގޮތުން ސިޓީތަކާއި، އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި، ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމްތަކުގެ ތަމްރީނާއި، ޓީމްތައް އެކުލަވައިލުމުގެ މަސައްކަތްތަކުގައި މިނިސްޓްރީގެ އެއްބާރުލުމާއި، އެހީތެރިކަން ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މި އެއްބަސްވުމުގައި ހިމެނޭ ކަންކަން ވިލަރެސްކުރުމަށް ޓަކައި ދެ މުއައްސަސާސިން ވެސް ފޯކަލް ޕޮއިންޓެއް ކަނޑައަޅައި ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު