Saturday, October 31
އަދާލަތު ޕާޓީގެ ރައީސްކަމަށް ޝައިޚް މުޙައްމަދު ޝިފާން
އަދާލަތު ޕާޓީ (އޭޕީ) ގެ ހަތަރު ވަނަ ދައުރުގެ ރައީސްކަމަށް، ޝައިޚް މުޙައްމަދު ޝިފާން އިންތިޚާބުވެއްޖެއެވެ. ޝައިޚް ޝިފާން އޭޕީގެ ރައީސްކަމަށް ހޮވިވަޑައިގެންނެވީ "ފަހި ވޯޓު" މެދުވެރިކޮށް އިއްޔެ ކުރިއަށްގެންދިޔަ އިންތިޚާބުގައި %99 ވޯޓު ހޯއްދަވައިގެންނެވެ. ޝެއިޚް ޝިފާން އާ ވާދަކުރެއްވި އަލްއުސްތާޟު އިކްރާމް ޢަބްދުއްސައްޠާރަށް ލިބިވަޑައިގެންނެވީ %1 ވޯޓެވެ. މިއާއެކު އޭޕީގެ ނައިބު ރައީސްކަމަށް ހޮވިވަޑައިގެންފައިވަނީ ޝެއިޚް ޝިފާންގެ ރަނިންގ މޭޓު ގޮތުގައި ވާދަކުރެއްވި ޝައިޚް ޢަބްދުالله ރަޝީދެވެ. އޭޕީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން އެ ޕާޓީގެ މިހާރުގެ ރައީސް، ޝައިޚް އިމްރާން ޢަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝިފާން އަދި ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޝައިޚް ޢަބްދުﷲ ރަޝީދަށް މަރުޙަބާ ދަންނަވައިފައެވެ. އިމްރާން ވިދާޅުވީ އިރާދަކުރެއްވިއްޔާ ޢަދާލަތު ޕާޓީގެ ދުސްތޫރާ އެއްގޮތަށް ކޮންގްރެސް ބާއްވާއް ދައުރު ބަދަލުކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. "މާތް الله ތިޔަ ދެބޭފުޅުންގެ ލީޑަރޝިޕްގެދަށުން ޢަދާލަތު ޕާޓީ އާ އުސް ހަރުފަތްތަކަކަށް ގެންދިއުމުގެ ހެޔޮ ތައުފީޤް މިންވަރު ކޮށްދެއްވާށި"، އިމްރާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު