Thursday, November 12
ޚާރިޖީ ވަޒީރު ނައުރޫގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ނައުރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ލިއޮނަލް ރައުވެން އައިންގިމިއާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ލިއޮނަލް ރައުވެން އައިންގިމިއާ އަށާއި، ނައުރޫ ސަރުކާރަށާއި ރައްޔިތުންނަށް، ނައުރޫގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ނައުރޫއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުލޯދުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރިއަށްއޮތްތާގައިވެސް ނައުރޫ އާއެކު ގާތުން މަސައްކަތްކުރުމަށް  އުންމީދުކުރައްވާ ކަމަށެވެ.

"‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު