Saturday, October 31
މިދިޔަ މަހު 277 ކައިވެނި އަދި 137 ވަރި

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޖުމުލަ 277 ކައިވެނި ކޮށްދީފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު 137 ވަރި ސާބިތުކޮށްދީފައިވެއެވެ.

ފެމިލީ ކޯޓުން މީގެ ކުރިން އާންމުކުރި 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ އުސްއަލިތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1،226 ކައިވެނި ކޮށްދީފައިވާއިރު، 588 ވަރި ސާބިތުކޮށްދީފައިވެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކޮށްފައިވާ 113 ކައިވެނި ރަޖިސްޓްރީކޮށްދީފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ފެމިލީ ކޯޓުން 169 ކައިވެނި ކޮށްދީފައިވާއިރު، އެ މަހު ސާބިތުކޮށްދިން ވަރީގެ އަދަދަކީ 108 އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު