Monday, November 2
ފުވައްމުލަކުގައި ގަސްލިބޭނެ ނާސަރީއެއް ހުޅުވައިފި

ކެޑޭރެ އަޙުމަދު ފުވައްމުލައް ނާސަރީ ހުޅުވައިފިއެވެ.
މިއީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ގޯލްސްގައި ހިމަނައިގެން  ގަސްގަހާގެހި ދިރުވާ އާލާކޮށް ޚާއްސަކޮށް ނެތެމުންދާ ގަސް އާލާކޮށް ސިޓީ ކައުންސިލްގެ މަގުތައް ޒީނަތްތެރި ކުރުމަށް ހައްދާ މާގަހާއި ބަގީޗާގައި ހައްދަން ބޭނުންކުރާ ގަސް ހެއްދުމުގެ މަޤްސަދުގައި ހުޅުވި ތަނެއް ކަމަށް ސިޓީ ކައުންސިލުން މައުލީމާތުދެއެވެ.
ނާސަރީ ހުޅުވައިދިނީ ކެޑޭރެ އަހްމަދުގެ ޢާއިލާގެ މެމްބަރުންނާއި، މޭޔަރ އިސްމާޢީލް ރަފީޤާއި، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމިކޯއާއި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފްއެވެ.
ކެޑޭރެ އަޙުމަދަށް ނިސްބަތްކޮށް މި ނާސަރީއަށް ނަން ދީފައިވަނީ މަރްޙޫމް އަހްމަދަކީ ނާސަރީގެ މަސައްކަތާއި ރަށުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދީފައިވާ މުއައްޒަފަކަށް ވާތީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު