Monday, November 2
ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ޕާޓީތަކާއި ބަންޑާރަނައިބުގެ ހިޔާލު ހޯދަނީ

ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް ނަގާ ވޯޓާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓު އެކުއެކީ ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ މެދު ސިޔަސީ ޕާޓީތަކާއި، ބަންޑާރަނައިބުގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ ހިޔާލު ހޯދުމަށް އަންނަ މަހުގެ ދެ ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ދިވެހި ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހިނގަމުންދަނީ މަލްޓި ޕާޓީ ނިޒާމެއްގެ ތެރެއިން ކަމަށް ވާތީ އިސްލާހުގެ މަސައްކަތް ކޮމިޓީ ތެރެއިން ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ.

 

އަދި އިންތިހާބުތަކާ ގުޅިގެން ގާނޫނީ ގޮތުން އަދާކުރަންޖެހޭ ހުރިހާ ޒިންމާއެއް އަދާކުރަނީ އިލެކްޝަން ކޮމިޝަނުން ކަމަށްވާތީ ކޮމިޝަނާއެކު މަޝްވަރާތައް ކުރަންޖެހޭކަން ޝުޖައު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިސްލާހުގެ މަސައްކަތް ކުރިއަށްދާއިރު ބަންޑާރަނައިބުގެ ލަފަޔާއި މަޝްވަރާ ވެސް މިކަމުގައި ހޯދަންޖެހޭނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކާއި، ބަންޑާރަ ނައިބުގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ ހިޔާލު ހޯދުމަށް އަންނަ މަހުގެ ދެ ވަނަ ދުވަހު ވަކި ވަކި ބައްދަލުވުންތަކެއް ބޭއްވުމަށް ޝުޖާއު ވަނީ ހުށަހަޅުއްވާފައެވެ. ޝުޖާއުގެ މި ހުށަހެޅުއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް ވަނީ ތާއީދުކުރައްވާފައެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބޭވި ހުރިހާ މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު