Friday, November 13
ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެ އިރުކޮޅެއް ކުރިން ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ.

މި ބިދޭސީ މީހާ ގެއްލުނު މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ބުނީ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު