އާދިއްތަ, October 11
ބީއެމްއެލް އިން ކްރެޑިޓް ކާޑް ލިމިޓް އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުން ގަންނަ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އިތުރުކޮށްފިއެވެ.

މި އައު ލިމިޓަށް ޢަމަލުކުރަން ފަށާނީ އަންނަ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެ ބޭންކުން ދޫކުރާ 3 ބާވާތެއްގެ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުން ގަންނަ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އިތުރުކޮށްފައެވެ. މިއީ ބީއެމްއެލްއިން ކޮންމެ މީލާދީ މަހަކަށް ކަނޑައަޅާފައިވާ ލިމިޓެކެވެ. އެގޮތުން ކްލެސިކް ކްރެޑިޓް ކާޑާއި، ގޯލްޑް ކްރެޑިޓް ކާޑުގެ އިތުރުން ޕްލެޓިނަމް ކްރެޑިޓް ކާޑަށް ދޫކުރާ ލިމިޓް ވަނީ އިތުކޮށްފައެވެ.

ބީއެމްއެލްއިން ކްރެޑިޓް ކާޑް ލިމިޓަށް ގެނެސްފައިވާ ބަދަލުތައް:

* ކްލެސިކް ކްރެޑިޓް ކާޑު - 750 ޑޮލަރުން 1400 ޑޮލަރަށް
* ގޯލްޑް ކްރެޑިޓް ކާޑު - 750 ޑޮލަރުން 1500 ޑޮލަރަށް
* ޕްލެޓިނަމް ކްރެޑިޓް ކާޑު - 1500 ޑޮލަރުން 3000 ޑޮލަރަށް

މިއީ ކޮންމެ ކަސްޓަމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވޭ ލިމިޓުގެ އިތުރަށް އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު