Saturday, October 31
ވޭމަންޑޫގައި އަޅާ 50 އެންދުގެ ހޮސްޕިޓަލުގެ މައުލޫމާތު ސާފުކޮށްފި
ކުވެއިތު ފަންޑުގެ އެހީގައި ތ. ވޭމަންޑޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ކުވެރިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް ( ކޭ.އެފް.އޭ.އީ.ޑީ ) ގެ އެޕްރައިސލް ޓީމުން ހޯދައިފިއެވެ. މި ޓީމް އިއްޔެ ވަނީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ބައިވެރިވި ކުވެރިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް ( ކޭ.އެފް.އޭ.އީ.ޑީ ) ޓީމުން ވަނީ މިހާރު މަސައްކަތް ކުރިއަށް ދާ ހޮސްޕިޓަލް ޕްރޮޖެކްޓޤގެ އެންމެ ފަހުގެ ތަފްޞީލް މައުލޫމާތު ހޯދާފައެވެ. މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އަލަށް ތަރައްޤީ ކުރެވޭ 50 އެނދުގެ ހޮސްޕިޓަލުގެ ކަންކަން ފުރިހަމަވުމާ ހިސާބަށްވެސް، މިހާރުން މިހާރަށް ޞިއްހީ ދާއިރާއަށް ކޮށްދެއްވާނެ ކަންތަކެއް ހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު