ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިރަސްމިއްޔާތުގައި އެރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހްގެ އިތުރުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަސްލަމް ހުސެއިންއެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.މި ކުންފުނިން ށ. ނޫމަރާގައި ޤާއިމުކުރާ ޕޮލިސް ޕޯސްޓް އިމާރާތުގެ ރޫފް ބީމް ކޮންކްރީޓުގެ މަސައްކަތް މިހާރު ވަނީ ނިމިފައި#TeamFenaka pic.twitter.com/HvvFwBRB9F
— Fenaka Corporation Ltd (@TeamFenaka) December 31, 2025

ށ. ނޫމަރާގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓް އިމާރާތުގެ މަސައްކަތުގެ އަދާހަމަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.
ފެނަކައިން ހާމަކުރި ގޮތުގައި ނޫމަރާ ޕޮލިސް ޕޯސްޓު އިމާރާތުގެ ރޫފް ބީމް ކޮންކްރީޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން





