ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ ރާއްޖެއިން ހޯދީ ފައިނަލްގައި ތައިލޭންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ފަސް މެޗުން ހޯދި 15 ޕޮއިންޓާއެކު އެވެ. މިއީ ފުޓްސަލްގެ ތާރީހުގައި ރާއްޖޭގެ ޓީމް ހޯދި ފުރަތަމަ ބައިނަލްއަޤްވާމީ ޓްރޮފީއެވެ.
ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އެއް މެޗު ބާކީ އޮއްވައެވެ. އެއީ ސްރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ބޫޓާން މެޗާ ކުރިމަތިލިއިރު ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބޭނުންވީ ބާކީ ދެ ޕޮއިންޓެވެ. މި މެޗު ކާމިޔާބުކުރުމާއެކު ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެއަށް އެއްވަނަ މަގާމު ލިބޭއިރު، އެހެން ޓީމުތައް ތިބީ ރޭންކިންގައި ރާއްޖެއާ އަރާ ހަމަކުރެވޭ ވަަރަށްވުރެ ފަހަތުގައެވެ.






