Friday, November 13
ފުލުހުންގެ އުޅަނދު މައްޗަށް އެރީ 15 އަހަރުގެ ކުޑަކުއްޖެއް، ވީޑިއޯ ދައުރު ނުކުރުމަށް އެދިއްޖެ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުލުހުންގެ ކާރެއްގެ މައްޗަށް އަންހެން ކުއްޖަކު އަރާ މަންޒަރު ފެންނަ ވީޑިއޯ އިތުރަށް ހިއްސާ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕްގައި މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އުމުރުން 15 އަހަރުގެ ކުޑަކުއްޖެއް ކަމަށާއި، މި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިފަދަ ކޮންޓެންޓް، ކުއްޖާއަށް ފުރައްސާރަ ރައްދުވާ ގޮތަށް އާންމުކުރުމާއި، އަލުން ބްރޯޑްކާސްޓްކުރުމަކީ އެ ކުއްޖާއަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގެއްލުންތަކެއް ލިބި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން، އެއްވެސް މީޑިއާ އިދާރާއަކުން ނުވަތަ ސޯޝަލް މީޑިއާ ޕޭޖުތައް ހިންގަވާ ފަރާތްތަކުން މި ވީޑިއޯ އެއްވެސް ސިފައެއްގައި އަލުން ހިއްސާ ނުކުރުމަށާއި، މިހާރު ހިއްސާކޮށްފައިވާ ވީޑިއޯތައްވެސް އާންމުންނަށް ނުފެންނާނެހެން ނެގުމަށް ފުލުހުން ވަނީ ބާރުއަޅައި އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު