Monday, November 2
ޝަހީދު އަލީ ސްކޫލްގެ 76 ޕަސެންޓް ދަރިވަރުންނަކީ އަތޮޅުތަކުގެ ދަރިވަރުން: މިނިސްޓަރ

ޝަހީދު ޢަލީ ސްކޫލްގެ ދަރިވަރުންގެ ތެރެއިން 76 އިން ސައްތަ ދަރިވަރުންނަކީ އަތޮޅު ތަކުގެ ދަރިވަރުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ޝަހީދު އަލީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާޏު ވިދާޅުވީ އެ ސްކޫލް ހުޅުމާލޭގައި ހުރި ނަމަވެސް ގިނައީ އަތޮޅު ތަކުގެ ދަރިވަރުން ކަމަށެވެ. އަދި  1900 ދަރިވަރުން ސްކޫލްގައި ރަޖިސްޓްރީވެފައި ވީނަމަވެސް އިއްޔެގެ ނިޔަލަށް އެއަދަދު 2100 އަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގްރޭޑް 1 އިން 10 އާއި ހަމައަށް ކިޔަވައިދޭން ނިންމާފައިވާ މި ސްކޫލުގައި 54 ކްލާސްރޫމް، ތިން ސައިންސް ލެބް، އެއް ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބްގެ އިތުރުން އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިންގެ އިތުރުން ސްކޫލްގެ އިސްވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު