Monday, November 2
77000 ދަރިވަރުންނާއި އެކު ތައުލީމީ އައު އަހަރުގެ ކިޔެވުން ފަށައިފި

77000އަށްވުރެ ގިނަ ދަރިވަރުންނާއި އެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218 އެއްހާ ސްކޫލްގައި 77000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ގްރޭޑް 1 އަށް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ވައްދާފައެވެ. ގްރޭޑް 1 އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ގްރޭޑް 1 އަށް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ވައްދާފައެވެ. ގްރޭޑް 1 އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.

ދިރާސީ އަހަރުގެ ކިޔެވުމާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ދާއިމީ އިތުރު ސްކޫލެއްވެސް ހުޅުވާފައެވެ. ގްރޭޑް 1 އިން ފެށިގެން 10 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލުން 1900އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ. އަދި އެ ސްކޫލްގައި 230 މުދައްރިސުން މަސައްކަތް ކުރާނެއެވެ.

ދިރާސީ އައު އަހަރުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު