Saturday, October 31
ފޭދޫ އެކި ސަރަހައްދުތަކުން ވެލި ނަގައި ވިއްކާ މީހުންނަށް ފިޔަވަޅު އަޅަނީ

އައްޑޫ ސިޓީ ފޭދޫ އެކި ސަރަހައްދުތަކުން ވެލި ނަގައި ވިއްކާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބައެއް ފަރާތްތަކުން މިއަވަށުގެ ދިގިހެރަ ދިމާލު ހޭޅިފަށުން ވެލި ނަގައި އެވެލިން ވިޔަފާރި ކުރަމުންދާތީ މިކަން މިގޮތަށް ނުކުރުމަށް އެ ފަރާތްތަކަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށާއި، މިއީ ޤަވައިދާއި ހިލާފު އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ނުހަނު ގެއްލުން ލިބެމުންދާ ކަމެއް ކަމަށެވެ.

އަދި ތަކުރާރުކޮށް އެންގިފައިވީނަމަވެސް، އަދިވެސް މި ސަރަޙައްދުތަކުން ވެލި ނަގައި އޭގެ ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުންވެސް ލިބެމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންކަމުން، ޤާނޫނާއި ގަވާއިދާއި، އުސޫލާ ޚިލާފަށް މިފަދަ އަމަލު ކުރާ ފަރާތްތަކުން މިކަން ހުއްޓާލުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

އަދި، މިކަން ތަކުރާރު ކުރާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށާއި، ޤާނޫނާއި ގަވާއިދާއި، އުސޫލާ ޚިލާފަށް ވިއްކާ ވެލި ގަންނަ ފަރާތްތަކުން ވެލި ނުގަތުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު