Monday, November 2
އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތީ ތާރީޚީ ގާތް ގުޅުމެއް: ނައިބު ރައީސް
އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތީ ތާރީޚީ ގާތް ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ އެ ޤައުމުގެ ނައިބު ރައީސް ސީ. ޕީ ރާދަކްރިޝްނަންއަށާއި އެކުވެރި އިންޑިޔާގެ ރައްޔިތުންނަށް އަރިސްކުރައްވާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުވަހުގެ މުނާސަބާގައި އެޤައުމަށް އިތުރު ތަރައްޤީއާއި ފާގަތިކަމަށް ނައިބު ރައީސް އެދިލެއްވިއެވެ. ޖުމްހޫރީ ދުވަސް ފާހަގަކުރަމުންދާއިރު، އިންޑިޔާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމާއި އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތީ ތާރީޚީ ގާތް ގުޅުމެއް ކަމަށާއި، މި ގުޅުމަކީ ދެޤައުމުގެ ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާ ގުޅުމެއް ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވަނީ ކުރިމަގުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުވަހާއި ގުޅިގެން އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިއްޔާ ފޮނުއްވާފައެވެ. އަދި ދުވަހުގެ މުނާސަބާގައި އެޤައުމަށް އިތުރު ތަރައްޤީއާއި ފާގަތިކަމަށް ނައިބު ރައީސް އެދިލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު