Monday, November 2
އެން.ސީ.އެސް އިން ވިލާ ކޮލެޖުގައި ކެރިޔާ ގައިޑެންސް ސެޝަނެއް ބާއްވައިފި

ނޭޝަނަލް ކެރިޔަރސް ސަރވިސް (އެން.ސީ.އެސް)ގެ ފަރާތުން ވިލޭ ކޮލެޖްގެ ސެޓްފިކެޓް 3 އަދި 4 ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ކެރިޔާ ގައިޑަންސް ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި، ސެލްފް އަވެއަރނެސް، ވަޒީފާގެ މައިދާނަށް ބޭނުންވާ ހުނަރުތައް ތައްޔާރުކުރުން އަދި މަސައްކަތުގެ މައިދާނާއި ގުޅުން ހުރ އެކި މަޢުޅޫތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ. އެގޮތުން، ސީ.ވީ ތައްޔާރުކުރުމާއި، ވަޒީފާގެ އިންޓަވިއުއަށް ތައްޔާރުވުން ފަދަ ޢަމަލީ މަސައްކަތްތަށް ވަނީ މި ސެޝަންގެ ތެރެއިން ކުރިއަށްގެންދެވިފައެވެ.

ނޭޝަނަލް ކެރިޔަރސް ސަރވިސް (އެން.ސީ.އެސް) އަދި ސަސްޓެއިނަބަލް އެންޑް އިންޓަރގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ގެ ފަރާތުން ބާއްވާ މިފަދަ ސެޝަންތަކުގެ ސަބަބުން ވަޒީފާގެ މައިދާނަށް އަލަށް ނިކުންނަ ޒުވާނުންގެ ކިބާގައި އެ ވަޒީފާއަކަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގެ މަގުފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު