Wednesday, October 28
ކޮމިޝަނުން ބަލަމުންދާ އަދަދު ނޫހުގެ ކޮންޓެންޓް މީޑިއާތަކުން ދައުރު ނުކުރަން އެދިއްޖެ

އަދަދު ނޫހުގެ '" ސިޔާސީ ކާޓުން ސެގްމަންޓް ގެ ވޮލިއުމް 22"' ގެ މައްސަލަ ބަލައި ނިމެންދެން، މީޑިއާތަކުން ދައުރު ނުކުރުމަށް އަންގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން އާ އިއުލާނެއް ނެރެފިއެވެ.

ކުރިން ނެރުނު ބަޔާނުގައި ބުނީ އެއްވެސް ފަރާތަކުން އެ ކާޓޫނު ދައުރުނުކުރުމަށެވެ.

އެ ކާޓޫނު ދައުރު ނުކުރާން ނެރުނު އަމުރާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެއާއެކު މީޑިއާ ކޮމިޝަނުން މިވަނީ އިއުލާނު ވެސް ބަދަލުކޮށްފައެވެ.

އަދަދުގެ ސޯޝަލް މީޑިއާގައި މަކަރާއި ހީލަތާ ގުޅޭ މަންޒަރު ދޭހަވާ ގޮތަށް ޝާއިއުކުރި އެ ކާޓޫނަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކާޓޫނެއް ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އެހެންކަމުން އެ މައްސަލަ ބަލަމުންދާ ކަމަށާއި، އެ ކާޓޫނު އެއްވެސް ފަރާތަކުން ދައުރު ނުކުރަން އެންމެ ފުރަތަމަ ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު