Wednesday, October 28
ކަރެކްޝަންސްގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ޕުރޮގުރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން  "ޕްރިޒަން ސެކިއުރިޓީ އެންޑް އިންޓެލިޖެންސް ޓްރޭނިންގ" ޕްރޮގްރާމް އައްސޭރި ޖަލުގައި ހިންގައިފިއެވެ.

އެމްސީއެސް އިން ހާމަކުރާ ގޮތުގައި މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން، ޓެޓްރާޓެކް އިންޓަރނޭޝަނަލްއިން މެދުވެރިކޮށް އެމްސީއެސްގެ ހިންގުން ހަރުދަނާކޮށް، އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކުރުމަށް 2026 އަހަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ތަކުގެ ތެރެއިން އެއް ޓްރޭނިންގ ޕްރޮގްރާމެކެވެ.

އެމްސީއެސް އިން ބުނީ މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މި ސަރވިސްގެ ހިންގުން ހަރުދަނާކޮށް، ޖަލުތަކުގެ ސެކިއުރިޓީއާއި ޕްރިޒަން އިންޓެލިޖެންސާ ގުޅޭގޮތުން އޮފިސަރުން ތަމްރީނުކުރުމެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރާ 12 އޮފިސަރުން ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެސްދެއްވާފައި ވަނީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސްއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު