Friday, November 13
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީން ހުޅުމާލެ ފޭސް 1 އިން ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް 1 ގައި ހިންގަމުން އަންނަ ކެފޭ/ ޓޭކްއަވޭ ތަންތަން ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސް އިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ޖަނަވަރީ 22 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގައި ހިންގަމުން އަންނަ ބައެއް ކެފޭ/ ޓޭކްއަވޭ ތަންތަން ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު