Thursday, October 8
އެޗްޑީސީގެ ނަމުގައި ކުރާ ސްކޭމް ކޯލްތަކާއި މެސެޖުތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީސް - ފޮޓޯ: ދައުރޮ / އަބްދުﷲ އަނޫފް ޖުނައިދް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި މެސެޖުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން މިއަދު ވަނީ އެ ކުންފުނީގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް އޮޅުވާލައިގެން މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.


މީގެ އިތުރުން، ހައުސިންގ މަޝްރޫޢުތަކާއި، ސޯޝަލް ހައުސިންގ ނުވަތަ ފުލެޓުތަކާ ގުޅޭ އެއްވެސް މުޢާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބަރ ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް އާންމުންނަށް ނުގުޅާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ އަރުވައިފައެވެ.

ރާއްޖޭގައި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުން އާންމުވެފައިވާއިރު، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، ޒާތީ މަޢުލޫމާތާއި ބޭންކް އެކައުންޓާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު