Monday, November 2
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ވެލިދޫއަށް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދޫއަށް ފަށައިފިއެވެ.

ވެލިދޫއަށް، ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން އެ ރަށުގައި މިއަދުވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މޯލްޑިވިއަންގެ އިސްވެރިން އަދި ވެލިދޫގެ ރައްޔިތުން ބައިވެރިވިއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށީ ވިޔަފާރީއެއްގެ ބޮޑަށް ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޓިކެޓު އަގުތައް:

  • ދިވެހިންނަށް ކޮޅަކަށް 999 ރުފިޔާ
  • ފަތުރުވެރިންނަށް ކޮޅަކަށް 93 ޑޮލަރު

މޯލްޑިވިއަންއިން މިދިޔަ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހު ބުނެފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު