Monday, November 2
ނައިބު ރައީސް ގދ. ފިޔޯރީއަށް ވަަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު  އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގދ. ފިޔޯރީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ފިޔޯރީއަށް ވަޑައިގަތީ '"ބީފާން 2026"" ވޮލީ ބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށެވެ. އެގޮތުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ ""ބީފާން 2026"' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމަނިކުފާނުގެ އަރިހުގައި  މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު