Monday, November 2
މޯލްޑިވް ގޭސް ގެ ކުރީގެ އެމްޑީގެ މައްޗަށް ރިޝްވަތުގެ 5 ދައުވާ ސާބިނުވި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ ފަސް ދައުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން، މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ޖުމްލަ ހަތް ދައުވާއެެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުންވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހު ހުކުމްކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް މާނުގެ ފަރާތުން ވަނީ ހައިކޯޓުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ އަދިވެސް އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދުވަނީ މާނުގެ މައްޗަށް ދެންކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ތާވަލުކޮށްފައެވެ. މިއަދު އޮތީ ހުކުމް ކުރުމެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މާނުގެ މައްޗަށް ރިޝްވަތުގެ ފަސް ދައުވާ ސާބިތުނުވާކަމަށް ކަމަށެވެ.

"އެހެންކަމުން ސާބިތުނުވާކަމަށް ކަނޑައެޅުއްވި ފަސް ދައުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ގަސްދުކުރަމެވެ" ޕީޖީ އޮފީހުން ބުންޏެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ އެ ހުކުމާ ގުޅިގެން އެންމެ ފަހުގެ ނިންމުމެއް ނިންމެން އޮތީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބިގެން ކަމަށްވާތީ، އެ ރިޕޯޓު ލިބުމުން އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައިވަނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 (3.1 މިލިއަން) ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު