Saturday, October 31
އައްޑޫގައި "ޓޭކިންގ ދަ ލީޑް - ވިމެން އިން ޕޮލިޓިކްސް" ޕުރޮގުރާމު ފަށައިފި

އަންހެނުން ލީޑަޝިޕް ދާއިރާގައި އިތުރަށް ބާރުވެރިކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ "ޓޭކިންގ ދަ ލީޑް - ވިމެން އިން ޕޮލިޓިކްސް" ޕްރޮގްރާމް، އައްޑޫ ސިޓީ ހިތަދޫގައި ފަށައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ ވުޒާރާއިން ބުނީ މި މަހުގެ 22 އިން 25 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ސެޝަންތައް މިއަދު ބާއްވާފައިވާ ކަމަށެވެ.

އަދި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމަކީ، ސިޔާސީ މައިދާނުގައްޔާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ހުނަރާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކުރުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު