Saturday, October 31
ސަރުކާރުން ދޭ ރޯދަ ހަދިޔާ ބެހުން ޖަނަވަރީ 24 ގައި ފެށޭނެ: ވަޒީރު އާދަމް ޝަރީފް
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް 24 ޖަނަވަރީ 2026 ގައި މުޅި ރާއްޖޭގައި ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ގްރޭޓަރ މާލޭގެ 15 ތަނަކުން ރޯދަ ހަދިޔާ ދޫކުރާނެ ކަމަށާއި، ކިޔޫގައި ނުޖެހި ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގޭނެ ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ބޭނުންވާ 118،673 މަސްދަޅު ކޭސް މިހާރު ތައްޔާރުކުރެވިފައިވާ ކަމަށާއި، ހުރިހާ ގޭބިސީތަކަށްވެސް ރޯދަ ހަދިޔާ ލިބޭނެ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ރަމަޟާން މަހުގައި ކޮންމެ ގޭބީސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ދެއްވިއެވެ. އަދި މިދިޔަ އަހަރު ވަނީ މަސްދަޅު ކޭހެއް ދެއްވާފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު