Friday, November 13
ދެ ޓަގު ބޯޓު ދޭތެރެއަށް ވެއްޓިި އެމްޕީއެލްގެ މުވައްޒަފަކު ނިޔާވެއްޖެ
ދެ ޓަގު ބޯޓު ދޭތެރެއަށް ވެއްޓިި އެމްޕީއެލްގެ މުވައްޒަފަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގުބޯޓު ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފެއް ވެއްޓި އަނިޔާވެފައިވާކަމުގެ މަޢުލޫމާތު މިއަދު 10:46 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކޮނުގެ، އަމީން ޢަބްދުލްޙަމީދު (30 އ) އެވެ. ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަބްދުލްޙަމީދުގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު