Friday, November 13
ފެހެންދޫ ޞިއްޙީ މަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ބ. ފެހެންދޫ ޞިއްޙީ މަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އިސްމާޢިލް ޝަރީފް އެވެ.

މި މަޝްރުޢޫ ހަވާލޮކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ ޑިރެކްޓަރ، އިބްރާހިމް ލަޔާން ރިޔާޒް އެވެ.

ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްރުޢޫއަކީ 6.7 މިލިއަން ރުފިޔާއަށް 480 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރުޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު