Friday, November 13
ދިގުރަށުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި

އދ. ދިގުރަށު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި، އެ ރަށުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ދިގުރަށު ތުނޑީގައި ބަނގުރާ ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މިގޮތުން މި މަހު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރާ ފެނިފައިވާ ކަމަށާއި، މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު