Friday, November 13
ވީއައިއޭ ޓެކްސީ ކިޔޫގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ވީއައިއޭ ޓެކްސީ ކިޔޫގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ވީއައިއޭގެ ޓެކްސީ ކިޔޫ ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ދަންވަރު 12:15 ހާއިރުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖަނަވަރީ 18 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ތިލަކް ސޯމަޗަންދްރަ މަޑެތެލަވޭ ކަންކަނަމަލަގޭ (43 އ) އާއި ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ (46 އ) އެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު