Saturday, October 31
ރަސްދޫ ކައުންސިލުން މިނިސްޓަރ އާދަމް ޝަރީފާ ބައްދަލުކުރައްވައިފި

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލުގެ މެންބަރުން މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގެ ރަށްވެހި މާލަމުގައި މިއަދު މެންދުރު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ އެ ރަށުގައި އަލަށް ޢިމާރާތްކުރާ ކައުންސިލް ޢިމާރާތުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. އަދި އެ މަޝްރޫޢާ ގުޅޭ ގޮތުން ކައުންސިލަރުންގެ ހުރި ބައެއް ޚިޔާލުތައް ވެސް ވަނީ މިނިސްޓަރާ ހިއްސާކުރާއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ރަޝީދު ވަނީ ކައުންސިލް މަޝްރޫޢުގެ އަދާހަމައާއި، ރަސްދޫ ގައި ޕަބްލިކް ސަރވިސް ޔުނިޓެއް ގާއިމްކުރުމާ ގުޅޭ މަޢުލޫމާތު ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ.

މި ބައްދަވުމުގައި ރަސްދޫ ކައުންސިލްގެ މެންބަރުން ވަނީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން އެ ބޭފުޅުންނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު