Friday, November 13
ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަމުގެ މަގާމަށް ޙަސަން ޝާކިރު ހޮވިއްޖެ

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ހަސަން ޝާކިރު  ހޮވިއްޖެއެވެ.

އޭނާ މި މަގާމަށް ހޮއްވެވީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.

މި ވޯޓުގައި ޙަސަން ޝާކިރަށް ކޮމިޓީގެ ފަސް މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީވެސް ފަސް މެންބަރުންނެވެ.

ދިވެހިބަހުގެ އެކަޑެމީގެ މެންބަރުން:

  1. ޙަސަން ޝާކިރު މުޙައްމަދު (ރައީސް)
  2. ޒުލްފާ އިބްރާހީމް (ނައިބު ރައީސް)
  3. ޢިޔާޒް ޖާދުﷲ ނަސީމް (މެންބަރު)
  4. އިބްރާހީމް ވަޙީދު (މެންބަރު)
  5. ފާޠިމަތު ޢައްޒަ (މެންބަރު)

ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު