Friday, November 13
އަރިދަފުސް ރޯގާ، ބޭރަށްހިންގުން އަދި ޑެންގީ ހުން އިތުރުވަމުންދާތީ ސަމާލުވާން އެދިއްޖެ

މި ދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހުން އިތުރުވަމުންދާތީ ސަމާލުވުމަށް އައިޖީއެމްއެޗުން އެދިއްޖެއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ޚާއްޞަ ދެންނެވުމުގައި ވަނީ އެ ހޮސްޕިޓަލަށް ދައްކާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާ، ބޭރަށް ހިންގުމާއި، ޑެންގީ ހުން އިތުރުވަމުން ދާތީ، ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

މިގޮތުން އައިޖީއެމްއެޗުން ވަނީ ރޯގާގެ އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކު އެޅުމަށާއި، އުމުރުން ދުވަސްވީ މީހުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ޚާއްޞަ ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ސާފުތާހިރުކަމަށް އިސްކަންދިނުމާއި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުންރުމާށާއި މަދިރި އަލާވާފަދަ ފެން ހަރުލާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.

އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުމާއި އަރިދަފުސް ރޯގާ ހުންނަ ފަރާތްތަކަށް ޚާއްޞަ ފުލޫ ކްލިނިކެއްވެސް އައިޖީއެމްއެޗުން ވަނީ ޤާއިމްކޮށްފައެވެ. އައިޖީއެމްއެޗުން ބުނީ މި ކްލިނިކްގެ ޚިދުމަތް (ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން) ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ވަޑައިގަންނަވާނީ އީ.އާރް ޓްރައިޖަށް ކަމަށެވެ.

އަދި ކިޔުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު