Friday, November 13
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ ތ. ތިމަރަފުށި / ކަށިމާގެ، މުޙައްމަދު ޙައްސާން (33އ) އެވެ.

ފުލުހުން ބުނީ އޭނާ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ވަނީ، 2026 ޖަނަވަރީ 22 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު