Saturday, October 31
އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ 7 ލޯންޗް ލިބިއްޖެ
އޭޑީބީގެ އެހީގައި އަތޮޅު ހޮސްޕިޓަލް ތަކަށް ދިނުމަށް ހަމަޖެހިފައިވާ ލޯންޗްތައް ލިބިއްޖެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ،  މޯލްޑިވްސް ހެލްތު ލައިންއަށް އިތުރުކުރެވޭ 7 ލޯންޗް މިހާރު ލިބިފައިވާ ކަމަށެވެ. މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޞިއްހީދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ތަފާތު ޚިދުމަތްތަކުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސިއްހީ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް 7 ލޯންޗެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެ ވުޒާރާއި ގުޅިގެން ކުރިޔަށްގެންދާ، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ކުރިއަށްދާކަމެއްކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ޚިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ލެބޯޓްރީ ސާމްޕަލް ލެބޯޓްރީ ނެތް ރަށްރަށުން އެޚިދުމަތް ލިބޭ ރަށްރަށް ގެންދިއުމަށް ބޭނުންކުރެވޭނެ އުޅަނދު ތަކެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ގެންނަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެވިފައެވެ. އެޕްވެކްސް ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ލޯންތަކާއެކު، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗްތައް ފޯރުކޮށްދެވިގެންދާނެއެވެ. މޯލްޑިވްސް ހެލްޕް ލައިންގެ ދަށުން މަލްޓިޕަރޕަސްކޮށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދޭނެއެވެ. ހުރިހާ އަތޮޅަކަށްވެސް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެވެ. ނަމަވެސް ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ބޯޓްތަކެއްކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު