Friday, November 13
ހުއްދަ ނެތި ހުޅުމާލޭ ފަޅުތެރޭގައި ފައިބަރ މަސައްކަތްކުރުން ހުއްޓާލަން އަންގައިފި

ހުއްދަ ނެތި ހުޅުމާލޭ ފަޅުތެރޭގައި ފައިބަރ މަސައްކަތްކުރުން ހުއްޓާލަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއީ ތިމާވެށްޓާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ނޭދެވޭ އަސަރު ފޯރާނެ ކަމަކަށްވާތީ، ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެހެންކަމުން ހުޅުމާލޭގެ ފަޅުތެރޭގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން، 18 ޖަނަވަރީ ވާ އާދީއްތަ ދުވަހުގެ 00:00 ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް، ނުވަތަ މިފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ.

އަދި މި މުއްދަތުގެ ކުރިން މިފަދަ މަސައްކަތްތައް ހުޓާލާފައި ނުވާނަމަ، މެރިން ޕޮލިސް އާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު