Saturday, October 31
ޕެންޝަން ފައިސާ ޖަމާނުވަނީ ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ: ވެމްކޯ

މުވައްޒަފުންގެ ރިޓާޔަމެންޓް ޕެންޝަނަށް ފައިސާ ގަވާއިދުން ޖަމާނުކުރެވެނީ، އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ލިބިފައިނުވާތީކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މުވައްޒަފުންގެ މުސާރައާއި، މުވައްޒަފުންގެ އެލެވެ

ވެމްކޯގެ ނޫސްބަޔާން

ންސްތައް ދެމުންދަނީ ކުންފުންޏަށް ލިބެމުންދާ އާމްދަނީއާއި، ސަރުކާރުގެ ދޭ ސަބްސިޑީގެ ފައިސާއިން ކަމަށެވެ.

"ނަމަވެސް، އެކި ފަރާތްތަކުން މި ކޯޕަރޭޝަނުން ހޯދި ހިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރަމެވެ" ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ހޯދާފައިވާ ހިދުމަތްތަކަށް މާލޭ ސިޓީ ކައުންސިލުން އެކަނި 98 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށްވެސް ކުރަމުންދާކަމަށް ވެމްކޯއިން ބުންޏެވެ.

އަދި ޕެންޝަން ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ދިމާވާތީ އެކަން ހައްލުކުރުމުގެ ގޮތުން ޕެންޝަން އޮފީހާއެކު މަޝްވަރާކުރަމުންދާކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ އެ ދަތިތައް ދިމާވި ނަމަވެސް މުވައްޒަފުންގެ ޕެންޝަން ފައިސާ އަވަސް މުސްތަގުބަލެއްގައި ޖަމާކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު