Saturday, October 31
ކުޅުދުއްފުށީގައި ސިންތެޓިކް ރަނިންގ ޓްރެކެއް ޤާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި
ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ރަނިންގ ޓްރެކެއް ޤާއިމުކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޟެވެ. އަދި ފެޑޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޗް.އާރް މެނޭޖަރ އާދަމް ފަޙުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު