އާދިއްތަ, October 11
ހަފްތާ ބަންދުގައި ޔޫތު ހަބުގައި ދިވެހި ފިލްމުތަކެއް އަޅުވަން ނިންމައިފި

މި ހަފްތާ ބަންދުގައި ޔޫތު ހަބުގައި އެންމެ ފަހުގެ ދިވެހި ފިލްމުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިގޮތުން ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވަނީ "އަލިފާން"އެވެ. ޖެނުއަރީ 16 ވާ ހުކުރު ދުވަހުގެ ރޭ "އަލްވަދާއު" އެޅުވުމަށް ހަމަޖެހިފައިވާއިރު ޖެނުއަރީ 17 ވާ ހޮނިހިރު ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވަނީ "ފުރޭތަ" އެވެ.

މި ތިން ފިލްމަކީ ވެސް 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ފިލްމުތަކަކެވެ. މި ފިލްމުތައް ހިލޭ ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތް ހަބެއްގެ ގޮތުގައި ހުޅުވީ މިދިޔަ އަހަރުގެ ނުވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެތަން ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.

ހަމަ އެހެންމެ ، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް ޔޫތް ހަބްގައި ފަހިވެގެންދާނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު