Friday, November 13
ވަޒީރު ޠާރިޤް އައިރީނާގެ ޑިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) ގެ ޑިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އަބޫދާބީގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އާބާތުރަ ކުރަނިވި ހަކަތައިގެ ދާއިރާއިން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަނެ، އެކަމަށްޓަކައި ކުރެވިދާނެ ކަންކަން މުރާޖަޢާކުރުމެވެ.

މި ބައްދަލުވުމުގައި، ތިމާވެށި ހިމާޔަތްކުރުމާއި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ދިވެހިރާއްޖެއާއި އައިރީނާއިން އިސްކަންދޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން، ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ ޖޮއިންޓް ޕްރޮގްރާމްތަކާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު