Saturday, October 31
ފަޤީރުންނާއި މިސްކީނުންގެ އައިޑީ ކާޑެއް ތަޢާރަފް ކުރަން ނިންމައިފި

ޒަކާތު ޤާނޫނާއި އެކު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތް ތަކަށް އައިޑެންޓިފިކޭޝަން ކާޑެއް ތަޢާރަފް ކުރަން ނިންމައިފިއެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ދަފްތަރުގައި ހިމެނިފައިވާ ހުރިހާ ފަރާތްތައް ޝާމިލްވާނެހެން ދަފްތަރު އައިޑެންޓިފިކޭޝަން ކާޑެއް ތަޢާރަފް ކުރުމަށް ނިންމާފައިވާތީ ޒަކާތު ހައުސް އިން މިހާރު ވަނީ ކައުންސިލްތަކަށް މި ކާޑު ތައްޔާރުކުރުމަށްޓަކައި، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ފޮޓޯ ނެގުމަށް އަންގާފައެވެ.

އެގޮތުން ދަފްތަރުގައި ތިބޭ ފަރާތްތަކުގެ ފޮޓޯ ނެގުމުގެ މަސައްކަތް ބައެއް ކައުންސިލުން ވަނީ ފަށާފައެވެ.

ޒަކާތު ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވަނީ ޒަކާތު ހައުސް އުފައްދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު