Friday, November 13
ޝަހީދު ޢަލީ ސްކޫލް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ވަޒީރު ޝަފީޢު ބައްލަވައިލައްވައިފި

ހުޅުމާލޭގައި އިމާރާތްކުރާ "ޝަހީދު ޢަލީ ސްކޫލް" ގެ މަސައްކަތް ކުރިއަށްދާ ގޮތް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ބައްލަވައިލައްވައިފިއެވެ.

މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް މިއަދު ހަވީރު ވަޒީރު ކުރެއްވި ޒިޔާރަތުގައި، ސްކޫލްގެ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވައި، ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާއިރު ދަރިވަރުންނާއި ބެލެނިވެރިންގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރެއްވިއެވެ.

24 ޑިސެންބަރު 2023 ގައި ބިންގާ އެޅި ޝަހީދު ޢަލީ ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރާ ދިމާކޮށް، 27 ޖަނަވަރީ 2026 ގައެވެ.

މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރެވޭ ސްކޫލެކެވެ.

1500 އެއްހާ ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު