Friday, November 13
އޮޕަރޭޝަން އަލިމަގު: ޑްރަގް ވިޔަފާރިކޮށް މަނީ ލޯންޑަރކުރާ ފަރާތްތަކަށް އަމާޒުކޮށް ގއ. އަތޮޅުގައި ޚާއްޞަ ހަރަކާތްތަކެއް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކުތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ޚާއްޞަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ހިންގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މިގޮތުން ފުލުހުން ބުނީ މިއަދު ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އަދި މި އޮޕަރޭޝަންގެ ތެރެއިން، ތުހުަމތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައިފާސްކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން ކުރިއަށްގެންދަނީ ސައުތު ޕޮލިސްގެ ޚާއްޞަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ވިންގް ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު